ޚަބަރު

ކޮވިޑް ވެކްސިން ޖަހަން މަޖުބޫރެއްނޫން – އެޗްއީއޯސީ

ދިވެހި އެއްވެސް ރައްޔިތަކުގެ ގަޔަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން މަޖުބޫރުކޮށްގެން ނުޖަހާނެކަމަށާއި، ކޮވިޑް ވެކްސިން ޖަހާނީ އެކަމަށް ބޭނުންވާ ނުވަތަ އެކަމަށް އިންކާރުނުކުރާ މީހުންގެ ގަޔަށް ކަމުގައި ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީ އޯސީއިން މިހެން މަޢުލޫމާތު ދީފައިވަނީ އެސެންޓަރުގެ ފަރާތުން ޢާއްމުން ހޭލުންތެރިކުރުވުމަށް ޢާއްމުކުރަމުންދާ މައުލޫމާތު ތަކުގެ ތެރޭގައެވެ. އެގޮތުން މިއަދު އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށެވެ. ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށެވެ.

ދިވެހި އާބާދީގެ އެންމެންނަށް ވެކްސިން ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާއިރު އިންޑިއާއިން މިހާރުވެސް ވަނީ ރާއްޖެއަށް އެއް ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. ސަރުކާރުން ވިދާޅުވަނީ އެ ވެކްސިން ތައް ރައްކާތެރިކަމާއެކު ގުދަން ކޮށްފައި ވާކަމުގައެވެ. އިންޑިއާ އިން ހަދިޔާކުރި ކޮވިޑް-19 އިގެ ވެކްސިންއަކީ ޑަބްލިއުއެޗްއޯގެ އެޕްރޫއަދި ނުލިބޭ ވެކްސިންއެކެވެ. ނަމަވެސް އެވެކްސިންނަށް ހުއްދަލިބޭނެކަމުގައި ޔަޤީންކަށް ސަރުކާރަށް ލިބިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްއީއޯސީން ބުނީ މި ވެކްސިން ހިޔާރުކުރީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަން ދެނެގަނެވިފައިވާ ވެކްސިނަކަށްވާތީ ކަމަށެވެ. އަދި މިއީ ފަސޭހައިން ފިނިހޫނުމިން ބެލެހެއްޓޭ ގޮތަށް އާދައިގެ ފްރިޖްތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓޭ ވެކްސިނަކަށްވާތީ ކަމަށެވެ.

އެ ވެކްސިންގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެޗްއީއޯސީން ބުނީ ވެކްސިން މިހާރު ވަނީ ކްލިނިކަލް ޓްރަޔަލްގެ ތިންވަނަ މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައި ކަމަށެވެ. ރާއްޖޭގައި ދޭ ހުރިހާ ވެކްސިނަކީވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީޣެ ހުއްދަ ލިބިގެން ކަމަށްވެސް ބުންޏެވެ.

މި ވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.

އެއް ކޮމެންޓް

  1. ތީ ހާދަ ބޮޑު އަޖައިބެއް މާސްކް އެޅުން މަޖުބޫރު ކޮވިޑް ވެކްސިން
    ޖެހުން މަ ޖުބުރެއްނޫން އެކަމަކު ތިބެނީ 3 ފޫޓް ދުރުމިނުގައި މީ އަރަތެއް ނޫންހެއްޔެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close