ކޮވިޑް ވެކްސިން ޖަހަން ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލަނީ
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަށް އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލްއެއްގައި ރެޖިސްޓްރީ ކުރަން މާދަމާއިން ފެށިގެން ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ ކޮވިޑް-19ގެ ވެކްސިނަށް ރަޖީސްޓްރީ ކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށްކަމަށެވެ.
ފުރަތަމަ މި ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލިނަމަވެސް ވީ އެންމެއަވަހަކަށް އެހެން މީހުންނަށްވެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް ޚާއްސަ ޕޯޓަލްއެއް ތައްޔާރުކޮށްފައިވާކަމަށެވެ. ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ.
“މާދަމާއިން ފެށިގެން ހުރިހާ، ސިއްޙީ ޚިދުމަތްތެރިން މިޕޯޓަލްއިން ރަޖިސްޓްރީވުމަށް އެދެން. ކުރު މުއްދަތެގެ ތެރޭގައި ވެކްސިން ޖެހުމަށް ނިންމާފައިވާ ތަރުތީބުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނަން.”ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވެފައިވަނީ މިމަހުގެ 26ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.


ތިކަންވެސް ދާނީ ކަރަޕްޝަނަށް.. މިހާރު މިޤައުމުގައި ކަރަޕްޝަން ނުވަންނަ ހަމަ އެންމެ ދިމާއެއްވެސް ނެތް.
Konme kamehgaives siyaasee wema kadayea