ޚަބަރު

އަދިވެސް ބޭސްފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ މީހުން މަދެއްނުވޭ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުގެ ފަރާތުން ބޮޑުހޭދައެއްކޮށްގެން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާއިރުގައިވެސް ކުއްލި ހާލަތްތަކުގައި މާލެ ގެންނަން ޖެހޭ ބަލި މީހުންގެ އަދަދާއި ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ކަމަށް އާސަންދައިން ބުނެފިއެވެ.

“އާސަންދައަކީ ބޮޑު ވޭސްޓޭޖް ސްކީމެއް” ކަމަށް ސިފަކުރަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މަރިޔަމް ޝަފީގް އެގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައެވެ.

މަރިޔަމް ވިދާޅުވީ ކުދިކުދި ފަރުވާތަކަށްވެސް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަށް ވަނީ އިތުރު ކަމަށެވެ. އެ ފަރުވާތަކަކީ ރާއްޖޭގައި ލިބެންޖެހޭނެ ފަރުވާތަކެއް ކަމަށާއި ނަމަވެސް ބަލި މީހުން ބޭރަށް ފޮނުވަން ޖެހޭތީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ.

އެ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މަރްޔަމް ޝަފީޤް ވިދާޅުގައި 1700 މީހުންނަކީ ކެންސަރު ބަލީގެ ކަންކަމުގައި ބޭރަށް ފޮނުވި ބަލި މީހުންކަމަށާއި ދެން އެންމެ ގިނައިން މީހުން ފޮނުވާފައިވަނީ ލޮލުގެ ފަރުވާތަކަށާއި ކިޑްނީ މައްސަލަތަކަށާއި ގޭހުގެ ބަލި ތަކަށެވެ.

“ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރަމުން ދާއިރު އަދިވެސް ފާހަގައެއް ނުކުރެވޭ އެތަންތަނުން އެމެޖެންސީވެގެން ގެންނަ މީހުން މަދުވާ ކަމަކަށް. ހަމަ ގެންނަން ޖެހޭ” އޭނާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ރަށްރަށުން މާލެއަށް މީހުން ގެންނަން ޖެހުމަކީ އާސަންދައަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އާއްމު ގޮތެއްގައި ރަށްރަށުން ކުއްލި ހާލަތްތަކުގައި މީހުން ގެންނަން ޖެހެނީ އެމްއެންޑީފްގައި ބޭނުންކުރާ ސީ އެމްބިއުލާންސުންނެވެ. އެކަމަކު ސީ އެމްބިއުލާންސް ހޯދުމުގައި ބައެއް ފަހަރު ދިމާވާ ދަތިތަކާއި ހެދި އަދި ކޮންމެހެންވެސް ބަލި މީހަކު ގެންނަން ޖެހޭނަމަ ދެން ޖެހެނީ ލޯންޗެއް ކުއްޔަށް ނަގަންށެވެ.

މީގެ ކުރިން ދިމާވި ބައެއް ކަންތައްތައް ހިއްސާކުރައްވަމުން މަރިޔަމް ވިދާޅުވީ ލޯންޗުތަކުން ދަތުރުތައް ކޮށްދެނީ އެ ފަހަރަކު އެ ބަޔަކަށް ފެންނަ އަގެއްގައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close