ޚަބަރު

ހއ.އަތޮޅުން ވ.އަތޮޅަށް ހުދުސަމާލު ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ ބޮޑުބަޔަކަށް ވިއްސާރަކުރަމުންދާއިރު ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ހުދުސަމާލު ނެރެފިއެވެ.

ރާއްޖޭގެ މުސުމާއި ބެހޭ އިދާރާއިން ރޭދަންވަރު ނެރެފައިވާ ހުދުސަމާލުގެ މެސެޖްގައި ބުނެފައިވަނީ ރޭ މެންދަމުން އަލިވެ 2:30 ން ފެށިގެން ހެނދުނު 8:00 އާއި ދެމެދު ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާދެމެދުގައި ހިމެނޭ ހިސާބުތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

މިދުވަސްވަރަކީ ޢާއްމުކޮށް ރާއްޖެއަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާއިރު ރާއްޖޭގެ އެކިހިސާބުތަކުގައި ފެންބޮޑުވުމާއި، އުދައެރުމުގެ ހާދިސާތައް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން ދަތުރުވެރިންނާއި، އާއްމުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close