ޚަބަރު

ކުޑަފަރީ މީހާގެ ފަހުން ހެދި ދެ ޓެސްޓްވެސް ނެގެޓިވް

ނ.ކުޑަފަރީން ކޮވިޑް-19 ޕޮޒިޓިވި ޢުމުރުން ދުވަސްވީމީހާގެ އެންމެފަހުން ހެދި 2 ޓެސްޓުން ވެސް ނަތީޖާ ނެގެޓިވް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ނ. ކުޑަފަރީގެ އުމުރުން 92 އަހަރުގެ ފިރިހެން މީހާގެ ނަތީޖާ ޑަބަލް ނެގެޓިވްވުމުން ސިއްހީ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް އައިޖީއެމްއެޗަށް ބަދަލުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދެވަނަ ޓެސްޓު ކުރެވުނީ ގާތްގަނޑަކަށް ފަސް ނުވަތަ ހަ ދުވަސް ފަހުން ކަަމަށް ވާތީވެ ފުރަތަމަ ނަތީޖާ އަކީ ފޯލްސް ޕޮޒިޓިވްވުމެއްކަމަށް އެކަށީގެންވާ ކަމަށެވެ. ނުވަތަ އެމީހަކީ މިހާރު ބަލިން ރަނގަޅުވެފައިވާ މީހަށްވުން ވެސް އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން ޕޮޒިޓިވް ކޭސްއަކާ ގުޅިގެން އަމަލު ކުރާ އުސޫލުން އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަނެ ކަރަންޓީން ކުރުމަށްފަހު މުއްދަތު ފުރިހަމަވުމުން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި މީހާ ފައި ބިނދިގެން ފުރަތަމަ ފަރުވާ ދީފައިވަނީ ނ. މަނަދޫ ހޮސްޕިޓަލްގައެވެ. އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 30 މީހަކު ފާހަގަކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށް ކުޑަފަރީ ކައުންސިލުން މައުލޫމާތުދެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close