ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖޭގައި 13 ވަނަ މީހާ މިއަދު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން ރާއްޖޭގައި 13 ވަނަ މީހާ މިއަދު ނިޔާވެއްޖެއެވެ. ނިޔާވީ އުމުރުން 70 އަހަރުގެ އަންހެންނެކެވެ. މި މީހާ ނިޔާވީ މިއަދު މެންދުރު 1:00ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް 13 މީހަކުވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 6 ބިދޭސީންނެވެ. ނިޔާވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހަކާއި ޕިލިޕީންސްގެ ރައްޔިތެކެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29 ވަނަދުވަހުއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 2501 އަށް އަރާފައެވެ. ނަމަވެސް މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 326 މީހުންނެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2158 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close