ޚަބަރު

ކޮވިޑަށް އިތުރު 11 މީހަކަު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 11 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންމިރޭ ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު 18:00 އިން ފެށިގެން، މިއަދުގެ އެ ވަގުތާއި ހަމައަށް، މާލެއިން ޕޮޒިޓިވްވި 07 މީހުންނާއެކު ރާއްޖެއިން ޖުމްލަ 11 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހަމައެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވެފައިވާ މީހުންގެ ޢަދަދު ޖުމްލަ 13379 އަށް އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ހާމަކުރިގޮތުގައި ކޮވިޑުގެ ބަލިމީހުންގެތެރެއިން އިތުރު 25 މީހުން ރަނގަޅުވެ, ރާއްޖެއިން މިހާތަނަށް ޖުމްލަ 12731 މީހުން ވަނީ ރަނގަޅުވެފައެވެ. އެއާއެކު ފަރުވާދެމުން އަންނަނީ 593 މީހުންނަށް ކަމަށާއި, އޭގެތެރެއިން 62 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެތެރެއިން މިހާތަނަށް 48 މީހަކު ވަނީ ނިޔާވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close