ޚަބަރު

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް އިނގިރޭސިބަހުން ކިޔާނެނަމެއް ކަނޑައަޅުއްވައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރާނެ ނަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރުމަށް ކަނޑައަޅުއްވާފައި ވަނީ “ނެޝަނަލް ސެންޓަރ ފޯރ ދަ ހޮލީ ޤުރުޢާން” (National Centre For The Holy Quran) މިހެން ކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށާއި ޤުރުއާން ޢިލްމާއި ގުޅޭ ތާރީޚް ދިރާސާ ކުރުމުގެ އިތުރުން ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ތަމްސީލް ކުރާނެ ބައިވެރިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒެކެވެ.

މީގެ އިތުރުންވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދަނީ ހުނަރުވެރި ޤާރީން އުފެއްދުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށާއި ރާއްޖޭގެ މިސްކިތްތަކުގައި ހަރަކާތްތެރިވާނެ އިމާމުން ތަމްރީން ކުރުމަށް ތަފާތު އެކިއެކި ފެންވަރުގައި ޤުރުއާން ޢިލްމާއި ގުޅޭ ކޯސްތައް ހިންގަމުންނެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހިންގަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑުގެ ދަށުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close