ޚަބަރު

7 އެއަރލައިނަކުން މިމަހު ރާއްޖެއަށް ދަތުރުތަށް!

ރާއްޖެ ހިމެނިފައިވަނީ ކޯވިޑް19 އަށްފަހު މުޅި ދުނިޔޭންވެސް ފަތުރުވެރިކަން އަލުން ފަށައިގަތް މަދު ޤައުމުތަކުގެ ތެރޭގައެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށްވުމުގެ ސަބަބުން މި ސިނާއަތް ރައްކާތެރިކަމާއިއެކު ވީހާވެސް އަވަހަކަށް ފަށައިގަތުމަކީ މުހިންމުކަމަކަށް ވަނީ ވެފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. މިއާއިއެކު ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް އަލުން ދަތުރުތައް ވަނީ ފަށާފައެވެ. އަދި ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝެޑިއުލްވެސް ވަނީ ކޮށްފައެވެ.

މިމަހުގެ ތެރޭގައިވެސް އިތުރު 7 އެއަރލައިންއަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިމަހު ދަތުރުފެށުމަށް ޝެޑިއުލްކޮށްފައިވާ އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ:

ނޯޑްވިންޑް

އަލިޓާލިއާ

އެއަރ ފްރާންސް

ޔޫކްރެއިން އިންޓަނޭޝަނަލް އެއަރލައިން

ނިއޮސްޕާ

ގަލްފް އެއަރ

ރޮސިޔާ އެއަރލައިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް 19 އެއަރލައިންއަކުން ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އޭއީ:

ބްރިޓިޝް އެއަރވޭސް

އެޑްލްވެއިސް

ލުފްތަންސާ

އޮސްޓްރިއަން އެއަރލައިން

ޓާކިޝް އެއަރލައިން

ޤަތަރު އެއަރވޭސް

ފްލައި ދުބާއީ

އެމިރޭޓްސް

އިއްތިހާދު އެއަރވޭސް

ގޯއެއަރ

އިންޑިގޯ

އެއަރ އިންޑިއާ

ސްރީލަންކަން އެއަރލައިން

އޭރޯފްލޮޓް

ސްޕައިސްޖެޓް

އަޒުރު އެއަރ ޔޫކްރެއިން

އަޒުރު އެއަރ ރަޝިއާ

އެއަރ ސީޝެލްސް

އެއަރ އަސްތާނާ

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ވިދާޅުވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާކަމަށެވެ. އަދި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ބައެއް މާކެޓްތަކުން ކުރިއެރުން ހޯދާ ބައެއް އައު މާކެޓްތަކެއްވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި އުފެދިފައެވެ. އޭގެތެރޭގައި ހިމެނެނީ އިޖިޕްޓް، ކަޒަކިސްތާން، ރަޝިއާ، ބްރެޒިލް އަދި ޔޫކްރެއިން އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close