ބޭރުދުނިޔެ

އިމްރާންޚާން ކާބުލްއަށް ޒިޔާރަތެއް ކުރައްވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަފާޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަންނަ ހަފްތާގައި ޒިޔާތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުންނާއި ޙަވާލާދީ ޑެއިލީ ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

މިއީ އިމްރާންޚާން ބޮޑުވަޒީރުކަމަށް އިސްވެވަޑައިގެންނެވިފަހުން އަފްޣާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރު ފުޅުގައި ދެޤައުމުގެ ސުލުޙަ ދެމެހެއްޓުމާއި، ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެކަމަށްވެއެވެ.

އަފްޣާން ސަރުކާރުގެ އިސްތަރުޖަމާނު މީޑިއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިކަމަށް ޑެއިލީ ޓައިމްސްގައި ބުނެފައިވަނީ މިދަތުރުފުޅު ހަމަޖެހިގެންދިޔައީ ރައީސް އަޝްރަފް ޣަނީ އާއި އިމްރާން ޚާންއާއި ދެބޭފުޅުން ފޯނުން ބައްދަލުކުރެއްވުމަށް ފަހުގައި ކަމަށެވެ. ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމުގެ މައްޗަށްވެސް މިދަތުރުފުޅުގައި މަޝްވަރާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިދަތުރުފުޅުގައި ޠާލިބާންގެ ހަނގުރާމަވެރިންގެ އަމަލުތަކާމެދުވެސް ވަރަށް ސީރިއަސްކޮށް ރަސްމީ ވާހަކަތަކުގައި މަޝްވަރާކުރައްވާނެކަމަށްވެސް އަފްޣާން ތަރުޖަމާން ވިދާޅުވިކަމަށް ޑެއިލި ޓައިމްސްގައިވެއެވެ.  

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން އެތައް އަހަރެއް ކުރީއްސުރެ އޮންނަނީ ވަރަށް ބޮޑަށް ހީނަރު ވެފަ އެވެ. އަފްޣާނިސްތާނާއި އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ބައިނަލްއަގްވާމީ ގައުމުތަކުން ދެކޭ ގޮތުގައި ޕާކިސްތާން ދަނީ ތާލިބާން ހަނގުރާމަވެރިންނަށް ވާގިވެރިވެ އެހީތެރި ވަމުންނެވެ. އެއީ އިންޑިއާގެ ނުފޫޒު އަފްޣާނިސްތާން ގައި ގަދަވިޔަ ނުދިނުމަށެވެ. އެކަމަކު ޕާކިސްތާން ދަނީ އަބަދުވެސް މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ހަމަ އެގޮތަށް ޕާކިސްތާނުން ވެސް އަފްޣާނިސްތާން ތެރޭން ޕާކިސްތާންގެ ސަރުކާރާއި ދެކޮޅު ހަނގުރާމަ ވެރިން، އެ ގައުމަށް ހަމަލަ ދޭން އެހީވާ ކަމަށް ތުހުމަތުތައް ކުރެ އެވެ. އެ ތުހުމަތުތަކަށް އަފްޣާނިސްތާން ވެސް ދެކޮޅު ހަދަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close