ބޭރުދުނިޔެ

ސުލުޙަ ޤާއިމު ކުރުމަށް ޔޫކްރެއިނަށް އެރުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް ޕޫޓިން އަމުރު ކުރައްވައިފި

ޔޫކްރެއިންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތަކުގައި ‘ސުލްހަ ދެމެހެއްޓުމަށް’ ޓަކައި ޔުކުރެއިނަށް އެރުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް ޕޫޓިން އަމުރު ކުރައްވައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ހޯމަ ދުވަހު އަސްކަރީ ފައުޖުތަކަށް އަމުރު ކުރެއްވީ، ޔޫކްރެއިންގެ ވަކި ދެ ސަރަހައްދެއްގައި ސުލްހަ “ދެމެހެއްޓުމަށް” އެ ދެސަރަޙައްދަކީ މިނިވަން ސަރަހައްދެއް ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ފާހަގަ ކުރެއްވުމަށްފަހުގައެވެ. ނަމަވެސް އެ ފައުޖުތައް ޔޫކްރެއިންއަށް ވަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

މިކަން ހާމަކޮށްފައި މިވަނީ އިރުމަތީ ޔޫކްރެއިންގެ އިރުމަތީ ގައި އޮންނަ ޑޮނޭޓްސްކް އަދި ލުގާންސްކް ގެ ވަކިވެގަނެފައިވާ ސަރަހައްދުތައް ބަލައިގަނެ ގަރާރުތަކެއްގައި ޕޫޓިން ސޮއިކުރެއްވިތާ ގަޑިއިރުތަކެއް ފަހުންނެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދިގު އިންތިޒާރަށް ފަހު މި ނިންމުން ނެގުމަކީ ބޭނުންތެރި ކަމެއް. ޑޮނޭޓްސްކް ޕީޕަލްސް ރިޕަބްލިކް އާއި ލުގާންސްކް ޕީޕަލްސް ރިޕަބްލިކްގެ މިނިވަންކަމާއި ސިޔާދަތު ވަގުތުން އަޅުގަނޑު ބަލައިގަންނަން،” ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ޕުޓިން ވިދާޅުވި އެވެ.

މި ފިޔަވަޅުގެ ސަބަބުން ރަޝިޔާއިން ޔޫކްރެއިންގެ މައްޗަށް އެއްވެސް އިރެއްގައި އަރައިގަންނާނެ ކަމުގެ ބިރު ބައިނަލްއަގްވާމީ ގޮތުން އިތުރަށް ބޮޑުވެ، އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން މޮސްކޯއާ ދެކޮޅަށް ވަގުތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރަޝިޔާއިން އެޅި މި ފިޔަވަޅަކީ ޔޫކްރެއިންގެ އިސްތިގުލާލަށް “އަރައިގަތުން” ކަމަށް ސިފަކުރައްވައި އެކަން ކުށްވެރި ކުރައްވާ ވާހަކަ ވެސް ވިދާޅުވެފައެވެ.

“ޔޫކްރެއިންގެ ޑޮނޭޓްސްކް އަދި ލުހަންސްކް ސަރަހައްދުގެ ބައެއް ސަރަހައްދުތަކުގެ ހާލަތާ ގުޅުން ހުރި ރަޝިއާ ފެޑެރޭޝަނުން ނިންމި ނިންމުމާ މެދު ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ،” އޭނާގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

“ސެކްރެޓަރީ ޖެނެރަލް ދެކެވަޑައިގަންނަވަނީ ރަޝިޔާގެ ނިންމުމަކީ ޔޫކްރެއިންގެ ސަރަހައްދީ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަނެ، އދގެ ޗާޓަރުގެ އުސޫލުތަކާ ފުށުއަރާ ނިންމުމެއް ކަމަށް.”

ޔޫކްރެއިންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތައް ބަލައިގަތުން ވެގެން ދިޔައީ ރަޝިއާގެ 150،000 އަށް ވުރެ ގިނަ ސިފައިން ޔޫކްރެއިން ތިން ދިމާލަކުން ޔޫކްރެއިން ވަށާލި ހިސާބުންނެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close