އައިފޯން 12 ގެ ޕްރިއޯޑަރަށް މިރޭ ދިރާގުން ހުޅުވާލާނެ
އައިފޯން 12 ޕްރޯގެ ޕްރިއޯޑަރ ނަގަން މިރޭ ފަށާނެކަން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ން ބުނެފިއެވެ.
ދިރާގުން ބުނީ އެންމެ ވަރުގަދަ އަދި އެންމެފަހުގެ އައިފޯންކަމަށްވާ އައިފޯން 12 ޕްރޯއަށް ޕްރިއޯޑަރުކުރުން މާދަމާއިން ފެށިގެން ހުޅުވާލާނެކަމަށެވެ. އެގޮތުން 30 އޮކްޓޯބަރު 2020 ވަނަ ދުވަހުގެ (މިރޭގެ) މެންދަމު 12:01 އިން ފެށިގެން ޕްރިއޯޑަރު ނަގަމުންދާނެކަމަށްވެސް ދިރާގުން ބުންޏެވެ.
ޖުމްލަ ތަފާތު ހަތަރު މޮޑެލް އާއެކު އެޕަލް ކުންފުނީގެ އެންމެ އައިފޯން ސީރީޒްގެ އެންމެ ފަހުގެ ފޯނު “އައިފޯން 12″ގެ ފޯނުތައްނެރެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އެއީ އެޕަލް އިން އައިފޯންގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް 5ޖީ އާ އެކު ނެރެފައިވާ އައިފޯން 12 އާއި އައިފޯން 12 މިނީ އާއި އައިފޯން 12 ޕްރޯ އަދި އަދި އައިފޯން 12 ޕްރޯއެވެ.
އަދި މި އާ އައިފޯނާއެކު އައިފޯނު 12 މިނީވެސްވަނީ ނެރެފައިވާއިރު، އައިފޯން 12 ގައި ހިމެނޭ އެންމެހާ ސިފަތަކާއެކު ނެރުނު މި ފޯނުގެ އެންމެ ބޮޑު ތަފާތަކީ އައިފޯން 12 އަށްވުރެ ކުޑަ ވުމެވެ. އެހެންނަމަވެސް އެޕަލްއިން ނެރެފައިވާ މި އައު އައިފޯނުގެ ޗާޖަރާއި ހެޑްސެޓް ނުހިމަނަން ނިއްމާ އެކަން އިއުލާންކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ވަނީ ރައްދުވެފައެވެ.
އެޕަލް އިން ބުނާގޮތުގައި އެޕަލް 12 ގައި ޗާޖަރު ނުހިމަނަން ނިންމާފައިވަނީ ތިމާވެއްޓަށް ބެލުމުގެ ގޮތުންނެވެ.
