މިއަދުވެސް 135 މީހަކު ވަނީ ޕޮޒިޓިވް ވެފައި
މިއަދުވެސް އިތުރު 135 މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. ، އެހެންކަމުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު މިވަނީ 7000 އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 135 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 126 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހެކެވެ.
އަލަށް ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 109 މީހުންނަކީ ދިވެހިންނެވެ. 26 މީހުންނަކީ ބިދޭސީންނެވެ. ބަލި ޖެހުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާގެ 8 މީހަކާއި، މިޞްރުގެ 2 މީހަކާއި ނޭޕާލުގެ މީހެކެވެ.


