ބޮލީވުޑް

ދީޕިކާ އަދި އާލިއާ އެއް ފިލުމަކުން



ސަންޖޭ ލީލާ ބާންސާލީ މިހާރު އިއުލާން ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ބެއިޖޫ ބަވްރާ” އަށް ވެސް ވެގެން އުޅެނީ މި ކަހަލަ ގޮތެކެވެ. ފިލްމާ ގުޅޭ ތަފާތު ވާހަކަތައް އަބަދު ކަހަލަ ގޮތަކަށް ދަނީ އަޑު އިވެމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ލީޑް ރޯލަށް ބާންސާލީ ބޭނުންވަނީ ރަންބީރު ކަޕޫރެވެ. އަދި ރަންބީރު އާއެކު ބަތަލާގެ ބަޔަށް ބޭނުން ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯން އާއި މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓެވެ.

މި ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި “ބައިޖޫ ބަވްރާ” ގައި ހަތަރު އެކްޓަރަކަށް ވަރަށް މުހިއްމު ރޯލުތަކެއް ކުޅެން ލިބޭނެ އެވެ. އެއީ ދެ ބަތަލުންނާއި ދެ ބަތަލާއިންނެވެ. ބަތަލާއިންނަށް ބާންސާލީ ބޭނުންވަނީ މިހާރު އޭނާގެ އެންމެ ފޭވަރިޓް ދެ ތަރިން ކަމަށްވާ ދީޕިކާ އާއި އާލިއާ އެވެ. މިހާރު މި ދެ ތަރިންނަށް ސްކްރިޕްޓް ކިޔައިދީ އެ މީހުން ފިލްމު ކުޅެދޭން އެއްބަސް ވެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.



އާލިއާ މި ފިލްމުގައި ކާސްޓްކުރާނީ ރަންބީރުގެ ބެއިޖޫ ކެރެކްޓާ އާއެކުގަ އެވެ. އާލިއާ ކުޅޭނީ ކުރީގެ މުސްކުޅި ފިލްމުގައި މީނާ ކުމާރީ އަދާކުރި ބައެވެ. އަދި ދީޕިކާ ކުޅެނީ 1952 ގައި ނުކުތް “ބައިޖޫ ބަވްރާ” ގައި ކުލްދީޕް ކޯރް ކުޅުނު ރޫޕްމަތީ ކިޔާ ޑާކޫ އަންހެނެއްގެ ރޯލެވެ.

ރަންބީރުގެ ރޯލު މިހާރު ވަނީ ގާތްގަނޑަކަށް ފައިނަލް ވެފަ އެވެ. ދެން އޮތީ ތަންސެން ކިޔާ ކެރެކްޓާއަކަށް އެކްޓަރަކު ހޯދުމެވެ. މިއ އެކްޓަރު ވާން ޖެހެނީ ތަންކޮޅެއް ދުވަސްވީ މީހަކަށެވެ. މި ރޯލަށް ދެ ސުޕަސްޓާރަކާ ވާހަކަ ދައްކަމުންދާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ކޮންމެއަކަސް ދީޕިކާ އާއި އާލިއާ އެއް ފިލްމެއްގައި ބައިވެރި ކުރެވިއްޖެނަމަ ޚާއްސަކޮށް ރަންބީރު އާ އެކު މި ދެ ތަރިން މި ފިލްމުން ފެންނާނެ ގޮތް ވެއްޖެނަމަ މިއީ ހިންދީ ފިލްމަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު ފިލްމު ބަލާލަން ޝައުގުވެރިވާނެ ކަމަކަށް ވާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close