ޚަބަރު

ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު!

ނައިބު ރައީސް ފައިސަލްގެ އަރިހަށް ބަންގްލަދޭޝްގެ ސަފީރު ކުރެއްވި އިޚުތިރާމުގެ ޒިޔާރަތުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ ކަމަށެވެ. އަދި ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ޚިދުމަތްތައް ކޮށްދެމުންދާ ކަމަށެވެ.

ބަންގްލަދޭޝް ގެ ސަފީރު ވަނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ޙާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހުންގެ ބައެއް މަޢުލޫމާތު

ބިދޭސީ މަސައްކަތްތެރިންގެ އަދަދު

މިވޭތުގެ ދިޔަ ޖުލައި މަހު، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ހާމަކުރެއްވި ގޮތުގައި 179،964 ބިދޭސީން ރަޖިސްޓްރީވެގެން، އަދި 66،000 ބިދޭސީން ރަޖިސްޓްރީ ނުވެ، ޖުމްލަ 245964 ބިދޭސީން ރާއްޖޭގައި ދިރިއުޅެ އެވެ.

ސްޓެޓިސްޓިކަލް ބިޔުރޯގެ 2019/20ގެ ހިސާބުތައް ބުނާ ގޮތުން ދިވެހިންގެ މަސައްކަތު އާބަދީ އަކީ 181،144 އެވެ. އެހެންކަމުން، ދިވެހި މަސައްކަތްތެރިންގެ ނިސްބަތުން ބިދޭސީންގެ އަދަދު 134 ޕަސެންޓް އިތުރެވެ. ދިވެހި އިގްތިސާދުގައި ދިވެހި މަސައްކަތްތެރިންނަށް ވުރެ ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ.

ސިނާއަތްތަކުގައި އަދާކުރާ ދައުރު

ދިވެހި އިގްތިސޯދަށް ދިރުންދޭ ސިނާއަތްތަކަކީ ގައުމީ އުފެއްދުންތެރިކަމުގެ އިންޖީނަށް ހަކަތަ ދޭ ވަސީލަތްތަކެވެ. އެހެންކަމުން، ރާއްޖޭގެ އިގުތިސޯދުގައި ބިދޭސީ މަސައްކަތްތެރިންގެ ދައުރު ދެނެގަތުމަށް ކުރާ މަސައްކަތުގައި، ގައުމުގެ މުހިންމު ސިނާއަތްތަކުގައި ބިދޭސީންގެ ދައުރަކީ ކޮބައިކަން އެނގުން މުހިންމެވެ.

ރާއްޖޭގައި ދިރިތިބި ބިދޭސީންގެ ޖުމްލަ އަދަދު ޔަގީން ނުކުރެވޭ ހިނދު، ވަކިވަކި ސިނާއަތްތަކުގައި ބިދޭސީން މަސައްކަތްކުރާ އަދަދުތައް ކަށަވަރުކޮށް ދެެނެގަތުމަކީ ކުރެވިދާނެ ކަމެއް ކަމަކަސް ގަބޫލެއް ނުކުރެވެ އެވެ. މި ސަބަބަށްޓަކައި ތިރީގައި މިވާ އަންދާޒަ ތާވަލު އެކުލަވާލާފައި މިވަނީ އެކި ސިނާއަތްތަކުގައި އެންމެ މަދުން ބިދޭސީން މަސައްކަތްކުރާނޭ ކަމަށް ގަބޫލު ކުރެވޭ އިންސައްތައިގެ މައްޗަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close