ޚަބަރު

އިންކަމްސަޕޯޓް އެލަވަންސް ޑިސެމްބަރާ ހަމައަށް ލިބޭނެ

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންގެންދާ އިންކަމް އެލަވަންސް މިއަހަރުގެ ޑިސެމްބަރ މަހާއި ހަމައަށް ލިބޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޑިސެމްބަރ މަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް އެކްސްޓެންޑްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން ޑިސެމްބަރ މަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާނެކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެކަން އިތުރަށް އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ ފަރާތުން ވަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލޭ ފަރާތްތަކުން ޖޮބް ސެންޓަރގެ ވެބްސައިޓްގައި ރަޖިސްޓަރވުމަށް އެދިފައެވެ. އެހެނަސް އެ ވެބްސައިޓްގައި ރަޖިސްޓަރ ވުމަށްފަހު އެލަވަންސް ލިބުން ލަސްވާ މައްސަލައިގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close