ޚަބަރު

މިއަދުވެސް އިތުރު 65 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިއަދުވެސް ރާއްޖެއިން އިތުރު 65 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އަލަށް ޕޮޒިޓިވްވި 65 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 54 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 11 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި 14 ބިދޭސީންނެވެ.

ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1125 މީހުން ރާއްޖޭގައި އެބަތިބި އޭގެތެރެއިން 492 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 67 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ވަނީ 54 މީހުން ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close