ޚަބަރު

ޓްވިޓަރ އާއި ދެކޮޅަށް ޓްރަމްޕް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާ ސްޓޭޓުގައި ޓްވިޓާއާ ދެކޮޅަށް ދައުވާ ކުރުމަށް ހުށަހެޅި މައްސަލަ އޭނާއަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެޑެރަލް ފަނޑިޔާރަކު ރޭ ހުކުމް ކުރައްވައިފި އެވެ.

ޓްރަމްޕް ވަނީ އޭނާގެ ޓްވިޓާ އެކައުންޓް މުޅިން އަލުން އަނބުރާ ރުޖޫއަ ކުރުމުގެ ކުރިން ވަގުތީ ގޮތުން އަންލޮކް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ޓްވިޓާއިން ހުށަހެޅި ގަރާރަކާ ގުޅިގެން ކެލިފޯނިއާގެ ކޯޓަކުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެ ސްޓޭޓުގައި ވެސް އެފަދަ ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވެ އެވެ.

ޓެކް ކޮމްގްލޯމާ އަދި އެ ކުންފުނީގެ ސީއީއޯ ޖެކް ޑޯރސީއާ ދެކޮޅަށް ޓްރަމްޕް އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކުރީ، މިނިވަން ކަމާއެކު ވާހަކަ ދެއްކުމުގެ ފުރަތަމަ އިސްލާހުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ބުނެ އާއި، މީޑިއާއިން އޭނާ “ބޭއިންސާފުން ސެންސަރު” ކުރަމުންދާ ކަމަށް ބުނެ އެވެ.

ގިނަ ފަހަރަށް އަމިއްލަފުޅު ވާހަކަތަކެއް ދެއްކުމުގެ އިތުރުން ކަންކަމާއި މެދު ޚިޔާލު ފާޅުކުރުމަށް ވެސް ޓްރަމްޕުގެ ޓްވިޓާ ބޭނުން ކުރެއެވެ. އަދި އެ އެކައުންޓަކީ ގިނަ ފަހަރަށް ޑިމޮކްރެޓުންނާއި ރިޕަބްލިކަން މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ޓްވީޓް ކުރައްވާ އެކައުންޓެއްކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި ރަސްމީ ސިޔާސަތަށް އަންނަ ބަދަލުތައް ނުވަތަ އެފަދަ އިޢްލާން ކުރެއްވުމަށްވެސް ޓްރަމްޕް ޓްވީޓްތައް ބޭނުން ކުރައްވާނެއެވެ.

ނަމަވެސް ކުރީގެ ރައީސް ޓްރަމްޕް އަމިއްލަފުޅަށް 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ޕްލެޓްފޯމް ބޭނުންކުރެއްވީ ޒަމާނީ ރައީސެއްގެ އެކައުންޓެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެވެ. އޭނާ ގިނަ ފަހަރަށް އެ ޕްލެޓްފޯމުގައި ގިނަ ވަގުތު ހޭދަކުރައްވާ ކަމަށާއި، ރައީސްކަމުގައި ހުންނެވި ދުވަސްވަރު  6 ޖޫން 2020 އާއި ހަމައަށް ޓްރަމްޕް 200 ޓުވީޓު ނުވަތަ ރީޓުވީޓް ފޮނުއްވި ކަމަށް އިންސައިޑަރއިން ރިޕޯޓް ކޮށްފައި ވެއެވެ.

ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައި މިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އިންގިލާބުގެ ތެރޭގައި ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކެޕިޓޮލް އަށް ވަދެ ގަތްތާ ދެ ދުވަސް ފަހުންނެވެ.

ސީއެންއެން އިން ފާހަގަކޮށްފައިވާ ގޮތުގައި ކުރީގެ ރައީސްގެ އެކައުންޓް ބަންދުކުރި އިރު، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ރަސްމީ ސްޓޭޓް ޓްވިޓާ އަދިވެސް އޮތީ ޓްރަމްޕުގެ ލޯޔަރުން ގެ އަތުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close