ޚަބަރު

ހިމަބިހީގެ ކޭސްތައް ގިނަވުމާއި އެކު މުޅި ރާއްޖޭގައި ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި (މީސަލްސް) އަލުން ފެނި، މިހާތަނަށް 22 މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށާފިއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުން ކަމަށްވާތީ، 49 އަހަރުން ދަށުގެ އެންމެންނަށް އަމާޒުކޮށްގެން ތިން މަރުހަލާއަކަށް ބަހާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި ކެމްޕޭނުގެ ދަށުން ފްރަންޓްލައިންގައި މަސައްކަތްކުރާ 1,500 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނާއި، ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންނަށް މިހާރު ވަނީ ވެކްސިން ދީފައިކަމަށް އެ އިދާރާއިން ބުންޏެވެ. އެޗްޕީއޭއިން ބުނިގޮތުގައި މާލެ ސަރަހައްދުގައި ވެކްސިން ދޭނެ މަރުކަޒުތަކާއި ގަޑިތައް އާންމުކޮށްފައިވާއިރު، އަތޮޅުތަކުގެ ރަށްރަށުގައި މި މަސައްކަތް ކުރިއަށްދާނީ އެ ރަށެއްގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިހާތަނަށް 500 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަވައިލަންސް މަސައްކަތްތައް ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އެންމެހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close