ޚަބަރު

ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވިގޮތުގައި ހޯމަދުވަހުގެ 18:00އިން ފެށިގެން އަންގާރަދުވަހުގެ 18:00އާ ހަމައަށް އަލަށް ޕޮޒިޓިވްވި 37 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 34 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 3 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 6 ބިދޭސީންނެވެ.

ކޮވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1116މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 556 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 80 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 10194އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރެއިން ހޯމަދުވަހުގެ 18:00އިން ފެށިގެން އަންގާރަދުވަހުގެ 18:00އާ ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 87 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދަކީ 9037 އެވެ. އަންގާރަދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ވަނީ 1،427 ސާމްޕަލް ނަގާފައެވެ.

އަތޮޅުތަކަށް ބަލާއިރު، 23 ރަށަކުން 435 މީހަކަށް ވަނީ މިވަގުތު ކޮވިޑް-19 ޖެހިފައެވެ. އަދި 23 ރިސޯޓެއްގައި 11 ފަތުރުވެރިއަކަށާއި 20 މުވައްޒަފަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close