މިއަދު ކޮވިޑް ޖެހުނީ 74 މީހުންނަށް
ރާއްޖެއިން މިއަދު ކޮވިޑް ޖެހުނީ 74 މީހުންނަށް ކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 63 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 11 މީހެކެވެ. މީގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 15 ބިދޭސީންނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 8741 އަށް އަރާފައެވެ. މިވަގުތު 2549 މީހަކު ކޯވިޑް-19ގެ ބަލި މީހުންގެގޮތުގައި ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު 1096 މީހަކު އައިޒޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލުތަކުގައި 139 މީހަކަށް ފަރުވާދެމުން އެބަދެއެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 105 މީހަކު ވަނީ މިރޭ ބަލިން ރަނގަޅުވެފައެވެ.


