ވާހަކަ

ޅަފަތުގެ ފޮނި ހަނދާން

އައިޝަތު އިނޫޝާ

    ކަޅުފޮއިރެއެކެވެ. ވަރަށް ފޫހިގޮތަކަށް ހުރެގެން އަހަރެން ގިފިއްޔާ ދިމާލަށް މިސްރާބުޖެހީމެވެ. ގިފިލި ދޮރުގައިވާ މަކުޑީގައި އަތްލަ އަތްލާ ހުއްޓާ ފަހަތުން އައި މީހަކު ގިފިލި ދޮރުން އެތެރެއަށް ދެމިގަތެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެމީހަކު “އަހަރެން ޖެހޭ އަވަހަށް ފެންވަރަން. ދޮންބެ އިހަށް މަޑުކުރޭ!” ބޮޑާވެރި ގޮތަކަށް އޭނާ ބުންޏެވެ. އެއީ އަހަރެންގެ ހަގު ކޮއްކޮއެވެ. އަންހެން ކުއްޖެއް ކަމަކު އެއީ ފިރިހެނަކަށް ދޫނުކުރާނޭ ކުއްޖެކެވެ. ގިފިލީގެ ދޮރުމަތީ ގައި ހުރެ ދެފައިން ވާގި ގޮސްފިއެވެ. ފުޅިބައްތީގައި ހުރި ކަރާސީނު (ސާފު ތެޔޮ) ފޮދު ހުސްވާން ކައިރި ވުމުން ދެތިން ފަހަރަކު ދޮންކަންބުލޯއަށް ގޮވާވެސް ލައިފީމެވެ. އިރު ގަނޑެއް ފަހުން ކުދި ކިޔަމުން ދޮންކަނބުލޮ ނިކުމެއްޖެއެވެ.

   އަހަރެންގެ އަތުގައި އޮތް ފުޅިބައްތީގެ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ. ގިފިލިތެރޭގައި މަންމަ ހައްދާފައި ހުރި ބޮޑު ބިލެއް އުންޏާއި، އަލަގަހާއި، ކެޔޮ ފީނި ތަކުގެ ސަބަބުން އިތުރަށް އަނދިރިކަން ވެރި ވެފައިވެއެވެ. ގަޔަށް ފުރަތަމަ ފެން ދާނި އަޅާ ލުމާއި އެކު ގޯހެއް އުޅޭ ކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. ނަމަވެސް އަނެއްކާވެސް ފެން ދާނި ބޮލަށް އަޅާލީމެވެ. ބާރަކަށް އެއްޗެއްގެ އަޑު އިވުމާއިއެކު ފަހަތަށް އެނބުރި ރަނގަޅަށް ހޯދާ ބެލާލެވުނެވެ. މާމަ ގެންގުޅޭ ފީ ކުކުޅު ފަންފުޅަށް ތެރޭގައި އިނދެގެން ފިޔަގަނޑު ތަޅުވަނީއެވެއެވެ. ގިފިލި ތެރޭގައި މީހެއްގެ ހިލަމެއް ވާއިރަކަށް އޭތީގެ ހާލަކީ އެއީއެވެ. ވަޅު ދޮށުގައި އޮތް ގަނޑު ސައިބޯނި އެކި ދިމަ ދިމާލުގައި ހާކާލުމަށް ފަހު އަވަސް އަވަހަށްގިފިލިން ނުކުތީމެވެ. ގޭގެ ދޮރުން ބޯ ދިއްކޮއްލި އިރު ކުރި މަތީ ހުރި ގޭގެފާރުބުރި މަތީގައި އައްޔަ އިނީ ކެއްމަދު ވެފައިކަން ވަރަށް ރަނގަޅަށް މޫނު މަތިން އެނގެއެވެ. އަހަރެން ފެނުމާއި އެކު ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ އަތުގައި އޮޅުލައިގަތެވެ. އޭނައަށް އަރާފައި ހުރީ އާދަޔާ ޚިލާފު ބާރެކެވެ. އަހަރެންގެ އަތުގައި ހިފާ ދަމަމުން ކޫއްތަމުން ކަހަލަ ގޮތަކަށް ބޮޑު މަގަށް އޭނާ އެރިއެވެ. ލަފާކުރެވޭ ގޮތުގައި އޭނާގެ މިސްރާބު ހުރީ މުދިންބެ ގޯތި ވަލިމަގަށެވެ.

ގުޅުންހުރި ލިޔުންތައް

އަހަރެން ހިތާހިތުން ކިޔާލީމެވެ. ކަންތަކާއި ޖެހުނީތާއެވެ. އަނެއްކާ މީނާގެ ގޮމާފުޅަށް ގަޑި ކީތާއެވެ. ކުރީ ރޭ ވެސް ސަލާމަތްވީ ކިރިޔާއެވެ. އިންތިޒާރުގައި ދެތިން މިނެޓް ކެތްކޮއްލުންވެސް އަހަރެންނަންވީ ބޮޑު ކަމަކަށެވެ. މާ ލަސްތަކެއް ނުވެއެވެ. ބިޔަ ބޮޑު ބަނބުކެޔޮ ގަހުގެ އަނެއް ފަޅިން މީހަކު ބޯދިއްކޮށްލިއެވެ. އައްޔަ އިންތަނުން ތެދުވެ ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. މަޑު މަޑުން ގަހުގެ ނިވަލުން އެމީހަކު ނިކުތެވެ. ނަމަވެސް އެއީކީ އައްޔަގެ ގޮއްޔެއެއް ނޫންކަން ޔަގީނެވެ. އެއީ ބިޔަ ބޮޑު މީހެކެވެ. ކިތަންމެ ކަޅުފޮއި ރެޔެއްކަމަކު އެމީހައިގެ ބޮލުގެ ތަލައިން ދަޅައަޅައެވެ. ކުރީ ރެއިވެސް ޖެހުނު ކަންތަން މިރޭވެސް ޖެހުނީއެވެ. އައްޔަ ވެސް ހުރި ފިޔަވަޅުމަތީ ހުރީއެވެ. ބަރު އަޑަކުން ގޮވާލިއެވެ. ” އަނެއްކާ މިރޭވެސް ބައިގަނޑު މިތަނަން އެއްވީދޯ. ކަދީދާ ހަމަމިހާރު އެތެރެއަށް ވަދޭ! މިރޭ މިބައިގަނޑަށް ކުޅިދަށްކާލާނަށް” އަހަންނަން ހިފުނީ އައްޔަގެ އަތުގައެވެ. ބަލާކަށް ނުހުރެ ދުއްވައިގަތީމެވެ. އެހެންނަމަވެސް އޭނަގެ އަތް ލޮނދިކަމުން ދޫވެގެން އަހަރެން ގޮސް ޖެހުނީ ފީން ވަޅުގަނޑަކަށެވެ.

   ފީން ވަޅުގަނޑުން ބޯ ހިއްލާ ބަލާލިއިރު އެއީ ހަމަ ޔަގީނުންވެސް އައްޔައެއް ނޫނެވެ. އެއީ ކުޑަ ކަޅު ކުއްޖެކެވެ. އޭނައިގެ ގައިގައި އެއްވެސް ނިވާކަމެށް ނެތެވެ. އޭނާ ހުރީ ހިނި އައިސްފައި އަހަންނާއި ދިމާލަށް ބަލާށެވެ. އަހަރެން ވަޅުން އަރަންއުޅުމުން އޭނާ ފިލާރައްކާވެއްޖެއެވެ. އޭރު އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގި ގައިން އޮށްދާ ހިއްލާފައެވެ. ކުރިމަތިން ތެޅެމުން ފޮޅެމުން މިހިރަ އަންނަނީ އައްޔައެވެ. އައްޔަ އައިސް ” އަހަ! ކިހިނެއް ތިހެދީ. ކަލޭ ކީއްވެ މަގޭ ނުލައި ތި ދުއްވާގަތީ” އަހަރެން އުޅުނީ ވީ ގޮތް ކިޔާދޭށެވެ. ނަމަވެސް …..

  އަހަރެންނަން ހޭވެރިކަމެން ވީއިރު އޮވެވުނީ ފައްޖެހި އެނދެއްގައެވެ. އޭރު ކާފަކައިރީ އިނދެ ތުން ތަޅުވަނީއެވެ. ކާފަ ބުނިގޮތުގައި އެއީ ކުޑަ ފޫޅެވެ. އަހަރެން އޮތީ ހުމާއި ފިހިފިހިއެވެ. ކާފަ ދިއްކޮއްލީ ފެން ތައްޓެކެވެ. ވަރަށް ހާލުން ފެންތަށި އަރުން އެތެރެ ކޮއްލީމެވެ. އަހަރެންގެ ހަށިގަނޑަށާއި ސިކުނޑިއަށް ކުޑަލުޔެއް ލިބުނެވެ. އޭގެ ފަހުން އެކަހަލަ ރޫޙާނީ ކަމަކާ ދިމައެއް ނުވެއެވެ.

ނިމުނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close