މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 96 މީހުން
މިއަދުގެ ކޮވިޑަށް ޕޮޒިޓިވް ވީ 96 މީހުން ކަމަށް އެޗްޕީއޭއިން އިއުލާން ކުރައްވައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ 96 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 101 މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިއާއެކު މިހާރު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 4113 އަށް ވަނީ އަރާފައެވެ.
މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 169 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން 10 ފަރާތެއް ވަނީ އައިސީޔޫގައި އަދި އޭގެތެރެއިން 5 ފަރާތެއް ވަނީ ވެންޓިލޭޓަރުގައެވެ. އަދި 1419 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 26 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 6 ބިދޭސީންނެވެ.


