ޚަބަރު

ޗެންނާއީ ވިއްސާރަ: ކުރިއަށް އޮތް ދެދުވަހު ސްކޫލްތަކާއި ކޮލެޖްތައް ބަންދު

އިންޑިއާގެ ޗަންނާއި އަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ 2015 ވަނަ އަހަރުގެ ފަހުން ކުރި އެންމެ ގަދަ ވިއްސާރަކަމަށް ވާއިރު ސްޓޭޓް ސަރުކާރުން ވަނީ ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޗަންނާއިގެ ގިނަ ސްކޫލްތަކާއި، ކޮލެޖްތަކުގެ ކިޔެވުން ކުރިއަށް ދެ ދުވަހު ބަންދުކުރާ ގޮތަށް ވަނީ ނިންމާފައެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 8:30 އާ ހަމައަށް ޗެންނާއީ ހިމެނޭ ގޮތަށް ޓެމިލްނާޑޫގެ 4 ޑިސްޓްރިކްޓަކަށް ބޯކޮށް ވާރޭ ވެހި، 21 ސެންޓިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އަތިރިމަތީ ގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ބުދަ ދުވަހާ ހަމައަށް ޓެމިލް ނާޑޫގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. މި ވިއްސާރައަކީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ސައިކްލޯނިކް ސަރކިއުލޭޝަން ގެ ސަބަބުން ކުރަމުން ދާ ވިއްސާރައެއްކަމަށްވެސް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.

ވިއްސާރައިގެ ސަބަބުން ޗެންނާއީގެ ވަށައިގެން ވާ އައްސޭރިފަށަށް އުދައަރާފައިވާއިރު، ޗެންނާއީ، ތިރުވަލޫރު، ޗެންގަލްޕައްޓޫ އަދި ކަންޗީޕޫރަމްގައި ކުރިއަށް އޮތް ދެ ދުވަހު ސްކޫލްތައް ބަންދުކުރުމަށް ވަނީ ސަރުކާރުން ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close