ޚަބަރު

ސަރުކާރު ބަންދުވިޔަސް، ބޭންކްތަކުގެ ޚިދުމަތް ލިބޭނެ

ސަރުކާރު ބަންދުވިނަމަވެސް އެމްއެމްއޭއާއި ބެންކުތައް މިއަދު ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.

 

ކޯވިޑް19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރައީސް އޮފީހުން ވަނީ 4 އޮގަސްޓް އިން 6 އޮގަސްޓްގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ނިންމާފައެވެ. މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވީ، އޮފީސްތައް ބަންދުކޮށްފައިވީނަމަވެސް އޮގަސްޓް 4 ވާ އަންގާރަދުވަހު އެމްއެމްއޭއާއި ބޭންކުތައް ހުޅުވާފައި ހުންނާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

 

4 އޮގަސްޓްގައި ބޭންކިންގ ޙިދުމަތް ލިބެން ހުންނާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00އަށް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

 

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 4 އޮގަސްޓް ގައި ބޭންކު ހުޅުވިނަމަވެސް ބޭންކަށް ކޮންމެހެން އަންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭންކަށް ނައުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންޓަނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެންހުރި ޙިދުމަތްތައް އެގޮތަށް ހޯދުމަށްވަނީ އެދިފައެވެ.

 

މާލެ އަދި ހުޅުމާލޭގެ ބްރާންޗްތަކުން ޙިދުމަތްދޭނީ ކުރިއާލާ އެޕޮއިންޓްމަންޓް ހަދާފައިވާ ފަރާތްތަކަށްކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. އަދި އެޕޮއިންޓަމަންޓް ހަދާ ކަސްޓަމަރުންގެ ތެރެއިން ދުވާލަކު 300 މީހުންނަށް ޙިދުމަތްދޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

 

މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ބުނީ އަންގާރަ ދުވަހު އެ ބޭންކުގެ ޙިދުމަތްތައް ހެނދުނު 8:30 އިން މެންދުރުފަހު 2:00އަށް ލިބޭނެކަމަށެވެ. އިސްލާމިކް ބޭންކުންވެސް ވަނީ އޮންލައިންކޮށް ލިބެންހުރި ޙިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close