ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 52 މީހުން

މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 52 މީހުން ކަމުގައި އެޗް.ޕީ.އޭ އިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 11 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 6 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުންވެސް 34 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 14،040 އަށް އަރާފައެވެ. މިއަދު ރިޒޯޓުތަކުން ޕޮޒިޓިވި 34 މީހުން 32 ޕޮޒިޓިވްވެފައިވަނީ ބިޔާދޫ އައިލެންޑް ރިސޯޓުންނެވެ. އެރިސޯޓުން ޕޮޒިޓިވްވި އެންމެންނަކީވެސް އެރިސޯޓުގެ މުވައްޒަފުންކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

މިއަދު ރާއްޖެއިން 41 މީހުންވަނީ ކޯވިޑް-19 ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13،279 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 705 އެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 41 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،568 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 336،381 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close