ޚަބަރު

އިތުރު 152 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް-19އަށް ރާއްޖެއިން މިއަދު 152 މީހުން ޕޮޒިޓިވްވެއްޖެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭ އިރުއޮއްސި 18:00 އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 152 މީހުންގެ ތެރެއިން 142 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން 10 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 5 މީހެއްގެ އިތުރުން ސްރިލަންކާގެ 4 މީހަކު ހިމެނެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު މީހަކު މިއަދު ވަނީ ނިޔާވެސްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދުވެސް ވަނީ 16 އަށް އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close