ޚަބަރު

ކޮންސްޓްރަކްޝަން މަސައްކަތަށް އެތެރެކުރި ތަކެތީގެ ޢަދަދު ދަށަށް ހިނގައްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮންސްޓްރަކްޝަން މަސައްކަތަށް އެތެރެކުރި ތަކެތީގެ ޢަދަދު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިންގެ ރިޕޯޓުގައިވާ ގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް އެތެެރެކޮށްފައިވާ ތަކެތީގެ އަދަދު ދަށްވި ނަމަވެސް، އިމާރަތްކުރުމުގެ ސިނާއަތަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ އިތުރުވެފައެވެ.

އިމާރަތްކުރުމުގެ ސިނާއަތަށް އެތެރެކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ލަކުޑި، ދަގަނޑު، ސިމެންތި އަދި އެހެނިހެން ތަކެތީގެ އަދަދު ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު ވަނީ %21 ދަށަށް ގޮސްފައެވެ.

އެމްއެމްއޭ ރިޕޯޓުގައި ބުނެފައިވަނީ ހުސްވި އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ރާއްޖެއަށް އެތެރެކުރާ އިމާރަތްކުރުމުގެ ސިނާތުގައި ބޭނުންްކުރާ ތަކެތީގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި ބޭނުންކުރާ ތަކެތީގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ބޭންކުތަކުން އިމާރަތްކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނު ތަކުގެ އަދަދު މި މުއްދަތުގައި ވަނީ %17 އިތުރުވެފައެވެ. ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު އިތުރުވެފައިވަނީ މައިގަނޑުގޮތެއްގައި އާއްމު ރައްޔިތުން ގެދޮރު އިމާރަތްކުރުމަށް ދޫކޮށްފައިވާ ލޯންތައް އިތުރުވުމާއި، އަލަށް ތަރައްޤީކުރާ ރިސޯޓްތަކުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ލޯނުތައް އެމުއްދަތުގައި އިތުރުވުމުންނެވެ.

އެހެންނަމަވެސް، ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ލޯންތަކުގެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށަށް ގޮސްފައިކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close