ޚަބަރު

ރާއްޖެއިން އިތުރު 45 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 45 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 3044އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 6:00 އިން މިރޭ އިރުއޮއްސި 6:00އާ ހަމައަށް ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި 31 ދިވެހިން ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ބަންގްލަދޭޝްގެ 12 މީހުންނާއި، އިންޑިއާގެ ދެމީހުންވެސް ޕޮޒިޓިވެފައިވާކަމަށެވެ.

ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު ފުރަބަންދަށް ލުއިދިންއިރުގައި ފަރުވާދޭ މީހުންގެ އަދަދު 300ގައި ހުރިނަމަވެސް މިޙާރު މިބަލީގައި ފަރުވާ ދޭމީހުންގެ ޢަދަދުވަނީ 600އަށްވުރެ އިތުރުވެފައެވެ.

މިބަލި ޖެހުނު މީހުންގެ ތެރެއިން އިތުރުން 28 މީހުން މިއަދު ބަލިން ރަނގަޅުވިކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 2397އެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 1314 ދިވެހިން ހިމެނޭއިރު، ބިދޭސީންގެ ޢަދަދަކީ 1730އެވެ. މިބަލި ދެނެގަތުމަށް މިހާތަނަށް މުޅި ރާއްޖެއިން 68696 ސާމްޕަލް ނަގާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close