ޚަބަރު

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ޔޫރޯ 2020 ބަލާލެވޭނެ

ދިގު އިންތިޒާރަކަށް ފަހު ޔޫރޯ2020 ގެ ފޯރިގަދަ މުބާރާތް މިހާރު މިވަނީ ފެށުމަކާ ހަމައަށް އައިސްފައިއެވެ.  މިދިޔަ އަހަރު ބާއްވަން ތާވަލްކުރި މި މުބާރާތް ކޮވިޑް-19 އާ ގުޅިގެން ފސް ކުރުމަށް ފަހު މާދަމާ ފެށުމަށް ވަނީ ހަމަޖައްސާފައިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓުބޯޅަ ފޭނުން މި މުބާރަތައް ތައްޔާރުވަމުންދާއިރު ދިރާގުން މިވަނީ ޔޫ.އީ.އެފް.އޭ ޔޫރޯ2020ގެ ހުރިހާ “ހައި ޑެފިނީޝަން (އެޗްޑީ)”  ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަން އިއުލާންކޮށްފައިއެވެ. އެގޮތުން ސޮނީ ޓެން 2 އެޗް.ޑީ އަދި ލޯކަލް ބްރޯޑްކާސްޓަރ ރާއްޖެޓީވީ އިން ބަލާލެވޭނެއެވެ.

ދިވެހިންނަކީ އާދަކާދައިގެ ގޮތުން ކެފޭ ތަކާއި ހިސާބުގަނޑުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާ އާއިލާ އާ އެކު ފުޓުބޯޅަ ބަލަމުންދިޔަ ބައެއްކަމުގައި ވީ ނަމަވެސް، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިވަނީ ގޭގައި ރައްކާތެރިކަމާއެކު ޓީވީގެ ޒަރިއްޔާއިން މެޗްތައް ބަލަން ޖެހިފައިއެވެ. ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ގޭގައި ރައްކާތެރިކަމާއެކު  ބަލާލެވުމުގެ އިތުރުން މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެއެވެ. މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް، ޖީއެސްޓީ އައި ނުލާ  މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯ2020 ގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ބަލާލެވޭނެއެވެ. އަދި ހަމައެއައާއެކު، ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ވަނީ ގިނަ އޮފަރ ތަކެއް ތައާރަފުކޮށްފައިއެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50% ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެއެވެ. އަދި ހަމަ އެހެންމެ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން “އަމިއްލަ ޓީވީ” އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ2020 ބަލާލެވޭނެއެވެ.

ޔޫރޯ2020 ގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ 12 ޖޫން 2021 ގެ ރާއްޖެ ގަޑިން 00:00ގައި އެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރ ތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close