ޚަބަރު

އިތުރު 33 މީހުން މިއަދު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19 : އިތުރު 33 މީހުން މިއަދު ޕޮޒިޓިވެއްޖެއެވެ. އެހެންކަމުން މިހާރު ފަރުވާދޭ މީހުންގެ އަދަދު 600އަށްއެރީއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 6:00ން މިރޭގެ އިރުއޮއްސި 6:00ށް ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި 23 ދިވެހިންނާއި، ބަންގްލަދޭޝްގެ 6 މީހުންގެ އިތުރުން އިންޑިއާގެ 4 މީހުން ހިމެނޭ ކަމަށެވެ. މިއާއިއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2999އަށް އަރާފައެވެ.

ފަހަކަށް އައިސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފަށާފައި ވާއިރު، ފަރުވާދޭ މީހުންގެ އަދަދު ވަނީ 600ށް އަރާފައެވެ.

މިއަދު ބަލިިން ރަނގަޅުވެފައި ވަނީ 7 މީހުންނެވެ. މިއާއިއެކު ބަލިން ޝިފާ ލިބުނު މީހުންގެ އަދަދު މިހާރު މިވަނީ 2369އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 135 ދުވަސްވެފައި ވާއިރު، ބަލި ހުރިތޯ ދެނެގަތުމަށް ރާއްޖޭގައި މިހާތަނަށް 67985 ސާމްޕަލް ވަނީ ނަގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close