ޚަބަރު

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޢަލީ ވަހީދުގެ ގެ ފާސްކުރަން ފަށައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އަލީވަހީދުގެ ގެ ފާސްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޯޓު އަމުރެއްގެ ދަށުން ޢަލީ ވަހީދު ދިރިއުޅުއްވާގެ ބަލައި ފާސްކުރަމުންދާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ފުލުހުން މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ފުލުހުން ދަނީ ދަނީ މި މައްސަލަ ތަޙްޤީޤު ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓްރީއަށްވެސް ވަނީ ހުހަޅާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close