ޚަބަރު

ފަތުވާދޭ މަޖިލިސް އެކުލެވިގެންވާގޮތަށް ބަދަލު ގެންނަނީ


އިސްލާމީ ފަތުވާދޭ އެންމެ މަތީމަޖިލިސް އެކުލެވިގެން ގޮތަށް ބަދަލު ގެނެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެޓަރނީ ޖެނެރަލް މަޝްވަރާ ކުރައްވައިފިއެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްލާހު ގެންނައުމަށްޓަކައި، މިއަދު ބަންޑާރަ ނައިބުގެ އޮފީހުގައި ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ބޭއްވުނު ބައްދަލުވުމުގައި، ވަނީ ޤާނޫނަށް ގެންނަން ފެންނަން މައިގަނޑު އިސްލާހުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަކީ:

  • ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖަޢާކުރުން
  • ހަރުކަށިފިކުރު ހުއްޓުވުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުން
  • ކޮންމެ މައްސަލައަކަށް ޖިނާއީ ޢަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުން
  • ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޙަޤީޤަތާޚިލާފު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުން

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ.

ޤާނޫނަށް ހުށަހަޅަން ފެންނަ އިސްލާހުތަކުގެ މަޝްވަރާ ކުރައްވާފައިވާއިރު، ބިލު މަޖިލީހަށް ފޮނުވުމަށްޓަކައި ކަމާއިބެހޭ އެހެން އިދަރާތަކާއިއެކުވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close