ޚަބަރު

މާފަރަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކަނޫން ގޮތެއް ހޯދަންޖެހޭ – ކައުންސިލްގެ ރައީސް

ނ.މާފަރަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކަނޫން އެހެން ގޮތެއް ހޯދަންޖެހޭކަމުގައި މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު އަދުނާން މިހެން ވިދާޅުވީ ، މިލިއަނެއްހާ ރުފިޔާގެ ކަރަންޓް ބިލް ނުދައްކައިގެން އެރަށު ކައުންސިލް އިދާރާއަށް ފެނަކައިން ދެމުންދިޔަ ކަރަންޓްގެ ހިދުމަތް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަނޑާލައިފައި އޮތުމަށްފަހު ރޭގެ ވަގުތެއްގައި ކައުންސިލަށް ކަރަންޓްގެ ޚިދުމަތް އަލުން ގުޅައިދިނުމުން އެކަމާގުޅޭ މައުލޫމާތު ހޯދުމަށް ނާރެސް މީޑިއާގެ ފަރާތުން މޯޑްއަށް ގުޅާލުމުން ދެެއްވި ޚާއްޞަ އިންޓަވިއުއްެއްގައެވެ.

މޯޑު ވިދާޅުވީ ރޭގެ ވަގުތެއްގައި ކަރަންޓް ދިންނަމަވެސް ކަރަންޓް އަލުން ދިނީ ކީއްވެގެންކަމެއް ނޭންގޭ ކަމަށެވެ.

އަޅުގަނޑުމެން ދެންނެވިން ކަރަންޓް ކަނޑާލުމުގެ ކުރިންވެސް މިލިއަނެއްހާ ރުފިޔާގެ ކަރަންޓްބިލް ގެ ފައިސާއަކީ ފާއިތުވެ ދިޔަ ދައުރުތަކުގައި ( ކުރީގެ ކަައުންސިލް ތަކުން ) ނުދައްކައިގެން ޕެންޑިންގައި ހުރި ބިލްތަކެކޭ ކަރަންޓް ކަނޑާލިޔަސް އެފައިސާ ވަގުތުން ނުދެއްކޭނެއޭ. އަދި ފައިސާ ދައްކަން ރަނގަޅު ޕްލޭނެއް ރާވާފައި އޮންނާކެމަށާއި، އެޕްލޭންވެސް ފެނަކައަށް އަޅުގަނޑުމެން ހިއްސާކުރިން. މޯޑު ވިދާޅުވިއެވެ.

މާފަރު ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލިއިރު ބިލު ނުދައްކާތާ އަހަރެއްވެ، ނުދައްކާ ހުރި ބިލުތަކަށް ޖުމްލަ މިލިއަނަކަށްވުރެ ގިނަ ރުފިޔާ އޮތީ އަރައިފަ އެވެ. ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން ވިދާޅުވީ އެފައިސާއަކީ ކުރީ ދައުރުތަކުން ނުދައްކާ ހުރި ފައިސާތަކެއް ކަމަށެވެ. އެހެންވީމާ ކުއްލިއަކަށް މިއަދު ކަރަންޓް ކަނޑާލުމުން އެކަމާ ވިސްނަން ޖެހޭކަމަށެވެ.

ކަރަންޓު ކަނޑާލުމަށްފަހު އަލުން ހިދުމަތް ދިނީ ސަރުކާރާއި ފެނަކަ އާއި އެ ކައުންސިލްގެ އިދާރާއިން އެއް މޭޒެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް ނާޜެސްއަށް ދެއްވި ޚާއްޞަ އިންޓަވިއުގައި މޯޑް ވިދާޅުވީ ކަރަންޓް އަލުން ގުޅުމާއި، ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށެވެ.

ރޭގަ ކުއްޖަކު ގުޅާލައިފަބުނީ މިހާރު .. އިންނާނީ ކައުންސިލް ސާރކިޓް ނަގާފައޭ. މާނައަކީ ކަރަންޓް އަލުން ގުޅާފައޭ. އަޅުގަނޑު ދެންނެވިން ކީއްކުރަންހޭ ތިނެގީ .. ބިލްތަކަށް ފައިސާ ލިބުނީހޭ.. ދެން އެކުއްޖާ ވަކިއެއްޗެއް ނުބުނޭ. މޯޑް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ ކައުންސިލްގައި ކަރަންޓް ނެތިއްޔާ އެހެން ތަނެއް ކުއްޔަށް ނަގައިގެންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް . އަޅުގަނޑުމެން ފެނައަކަށް ބަރޯސާއެއް ނުވާނަން. މާފަރަކީ މިހާރު އިންވެސްޓަރުން ކަޅިއަޅަމުން އަންނަ ތަނެއް. ސްޓެލްކޯވެސް އޮތީ ތައްޔާރަށް. އަދި އެނޫން ބޭރުގެ ކުންފުނިތަކުންވެސް ތިބީ މާފަރަށް ކަރަންޓްދޭން މިހާރު ތައްޔާރަށް. އަޅުގަނޑަށްގުޅި، ރަންދެލި ރިސޯޓަށް ސޯލާ އަޅަން އައިސް އުޅޭ މީހުންވެސް އެމީހުން ބުނި ބަރާބަރު ހަފްތާއެއްގެ ތެރޭގައި މުޅިރަށަށް ކަރަންޓް ދީފަނަމޭ. އެހެންވީމާ އަޅުގަނޑުމެން މިހާރު މިދަނީ ފެނަކައިން މިފަދަ އުނދަގޫތައް ޖައްސަމުންދާތީ އެމީހުން ނޫންގޮތެއް ހޯދަން ވިސްނަމުން. އަދުނާން ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް މޯޑް ވިދާޅުވީ ލޭންޑްޔޫސް ޕްލޭން އެއްކޮށް ނިމުނީމަ ރަސްމީކޮށް ހުށަހެޅުންތައް އަންނާނެކަމަށެވެ. އެހެންވީމަ ފެނަކައިން މިކަހަލަ އުނދަގޫތައް އަންނަންޏާ އިތުރު ގޮތްތައް ހޯދަން ޖެހޭނެކަމަށެވެ. އަދި މާފަރަކީ އަމިއްލައަށް ވެސް ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ރަށެއްކަމަށާއި، މުސްތަޤްބަލްގައި މާފަރަށް ކަރަންޓް ދޭނީ ފެނަކަ ނޫން އެހެންކުންފުންޏަކުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މާފަރަކީ މިހާރުވެސް ބައެއް އަމިއްލަ ފަރުދުން ގެ ކުދި ވިޔާފަރިތަކުގެ އިތުުރުން ހޯމްސްޓޭ ވިޔަފާރިވެސް ފަށައިގެން ކުރިއަރަމުން އަންނަ އިޤތިޞާދީ މުސްތަޤްބަލެއް އޮތް ރަށެކެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close