ޚަބަރު

މިސްކިތްތަކުގެ އިމާމުންނާއިމެދު ބޭއަދަބީކޮށް މުޢާމަލާތު ކުރެވިގެން ނުވާނެ – ޝައިޚް ޢަލީ ޒާހިރު

މިސްކިތްތަކުގެ އިމާމުންނާއިމެދު ބޭއަދަބީކޮށް މުޢާމަލާތު ކުރެވިގެން ނުވާނެކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.

އެ ޓްވިޓުގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ ” މިސްކިތްތަކުގެ އިމާމުންނަކީ ހަމަ އިންސާނުން. އުނިކަންކަން ހުރެދާނެ. އެހެނަސް އެބޭފުޅުންނަކީ ޤަދަރާއި އިޙްތިރާމް ލިބެންޖެހޭ ބައެއް. މިސްކިތަށް އަރާމީހުންގެ ފަރާތުން އެބޭފުޅުންނާއިމެދު ބޭއަދަބީކޮށް މުޢާމަލާތު ކުރެވިގެން ނުވާނެ.” މިފަދައިންނެވެ.

ޝައިޚް މިގޮތަށް ވިދާޅުވެފައިވާއިރު، މިސްކިތްތަކުގެ އިމާމުންނަށް ރާއްޖޭގައި އަންނަނީ ޢާންމުންގެ އެކިއެކި ގޮތްގޮތުން އުނދަގޫތަކާއި ކުރިމަތިވަމުންނެވެ. އެގޮތުން އިމާމު މީހާ، ހަނދާންނެތިގެން އާޔަތެއް ނުބައިކޮށް ކިޔެވުނަސް ނުވަތަ ރަކުޢަތެއް ދޫވެގެންދިޔަސް ނުވަތަ އެންމެ ނަމާދަކަށް ގަޑިޖެހިގެން ބަންގި ގޮވުނަސް އެފަދަ އިމާމެއްގެ އަބުރަށް އަރައިގަނެ ފާޑުފާޑުގެ ވާހަކަތައް ދައްކާ އިމާމު މީހާގެ އަގު ރަށުގެ މީހުންގެ ކުރިމަތީ ވައްޓާލަން މަސައްކަތް ކުރާތަން ފެންނަނީ ރާއްޖޭގައި މަދެއްކޮށެއް ނޫނެވެ.

މީގެ އިތުރުންވެސް، އިމާމުންނާއިމެދު ރަށުގެ ޢާންމުންގެ މެދުގައި ނަފްރަތު އުފެއްދުމާއި ދޮގުވާހަކަތައް ފެތުރުމަކީވެސް މި ކުޑަ ރާއްޖޭގައި ވަރަށް ޢާންމުވެފައިވާ ކަމެކެވެ. އާދައިގެ ކަމެއްކަމުގައި ދެކިގެން ކުރާ ކަންކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close