ޚަބަރު

ކަމަށް އެކަށީގެން ނުވާ ބަޔަކު ލައްވާ ހަރުކަށި ފިކުރު ހުއްޓުވަން އުޅުމަކީ އެކަމަށް ހުރަސް އެޅޭނެ ކަމެއް – ޑރ. ޢަލީ ޒާހިރު

ކަމަށް އެކަށީގެން ނުވާ ބަޔަކު ލައްވާ ހަރުކަށި ފިކުރު ހުއްޓުވަން އުޅުމަކީ އެކަމަށް ހުރަސްތަކެއް އެޅޭނެކަމެއް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓްވިޓެއްގައެވެ.

އިއްޔެ ކުރެއްވި ޓްވިޓުގައި ޑރ. ޢަލީ ޒާހިރު ވިދާޅުވީ ” ހަރުކަށި ކަމޭ ކިޔައިގެން ކަމާ ނުބެހޭ މީހުންގެ ބޮލުގައި އެކަމުގެ ތުހުމަތު އަޅުވާ، އެކަމަށް އެކަށީގެން ނުވާ މީހުން ލައްވާ އެކަން ކަން ރަނގަޅު ކުރަން އުޅުމަކީ ޙަޤީޤީ ހަރުކަށި ފިކުރުން މީސްތަކުން ދުރު ކުރުމަށް ހުރަސް އެޅޭނެ ކަމެކެވެ.”

ޑރ. ޢަލީ ޒާހިރު މިފަދައިން ވިދާޅުވެފައި މިވަނީ، ހަރުކަށި ފިކުރުގެ ނަން ބޭނުންކޮށްގެން ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ އިސްލާމް މުދައްރިސުންނާއި ޤުރްއާން މުދައްރިސުންނާއި ދީނީ ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ އެތައް ބޭފުޅުންނަކަށް އެފަދަ ތުހުމަތު ތަކެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

އަދި ސްކޫލްތަކުގެ ދަރިވަރުން ހަރުކަށި ފިކުރާއި ދުރުކުރުވުމަށް ކަމަށްބުނެ، އެކަމުގެ ޢިލްމާއި ހުނަރު ލިބިފައިނެތް، ކޮރަޕްޝަންގެ ޢަމަލުތައް ދިރާސާކުރުމަށް ހެދިފައިވާ ޖަމްޢިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސް އާއިއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސް ވަނިކޮށެވެ.

ދާދި ފަހަކުން އެމް.ޑީ.ޕީ މެއި 6 ކޮމިޓީންވެސް ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ އިސްލާމް މުދައްރިސުންނަކީ ހަރުކަށި ފިކުރުގެ ބައެއްކަމަށް ތުހުމަތު ކުރެވޭ ބައެއްކަން ފާހަގަވާގޮތައް މީޑިއާގައި ވާހަކަދައްކާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close