ކުޑަކުދިން

އިޙްސާންތެރިކަން އިސްކުރާށެވެ!

އެއްފަހަރަކު، ފުއްލާއެއް ވަރަށްބޮޑަށް ބަލިވެއްޖެއެވެ. އެ ފުއްލާގެ ބަލިޙާލު މިހާރު ހުރިގޮތުން، ކާނާ ހޯދަން ތަންތަނަށް ދެވޭވަރު ހަކަތަ ނެތުމުން، ވަރަށް ބޯކޮށް ވިނަ ހެދިފައި ވާ ތަނަކަށް ގޮސް، އެ ތަނުގައި އޮށޯވެއްޖެއެވެ.

އެގޮތަށް، އެ ތަނުގައި އޮންނަތާ ދެތިންދުވަސް ވީއިރު، ފުއްލާގެ ޙާލުދެރަވަމުންގޮއި އެންމެފަހުން އޮތްތަނުން ހިރިނުލެވޭވަރު ވެއްޖެއެވެ. އިސާހިތަކު، މި ފުއްލާގެ ރައްޓެހި އެހެން ޖަނަވާރުތަކާ ހަމަޔަށް މި ޚަބަރު ފެތުރިގެން ހިނގައްޖެއެވެ. ޚަބަރު ލިބުމުން ވަރަށްގިނަ ރައްޓެހިން އޭނާގެ ޙާލުބަލައިލުމަށް އެތަނަށް އައެވެ. ބަލިވެއޮތް ފުއްލާގެ ޙާލުބަލަން ޒިޔާތަރްކުރި ހުރިހާ ޖަނަވާރަކީވެސް ވިނަ ކައިގެންއުޅޭ ޖަނަވާރެވެ.

ބަލިވެ ހިރިނުލެވިފައި އޮތް، އެމީހުންގެ ރަޙުމަތްތެރި ފުއްލާޔަށް އަޅައިލަން ޖެހޭނެކަމުގެ ބަހަނާގައި އެ ޖަނަވާރުތައް އެ ތަނުގައި މަޑުކޮށްފިއެވެ. އެގޮތުގައި ކުޑަދުވަސްކޮޅެއް ވޭތުވެގެން ދިއައިރު، އެ ތަނުގައި ހެދިފައިހުރި ހުރިހާ ވިނައެއް މި ޖަނަވާރުތައް ކައި އެއްކޮށް ހުސްކޮށްފިއެވެ. ކުޑަމިނުން، ވިނަގަހެއްގެ ބުޑުވެސް ފެންނަން ނެތެވެ.

ގުޅުންހުރި ލިޔުންތައް

މިހާރު ފުއްލާގެ ބަލި ވެސް ކުޑަކޮށް ރަނގަޅުވަމުންދާހެން ހީވުމާ، އެ ތަނުގައިއޮތް ވިނަތައްކައި ހުސްވެފައިވުމުން ފަހަރަކު ޖަނަވާރެއް މަޑުމަޑުން އެތަން ދޫކޮށް ކޮށް އެނބުރިދާން ފަށައިފިއެވެ. އެންމެފަހުން، ފުއްލާ އެކަނިވެއްޖެއެވެ. އަދި ވެސް، ފުއްލާ ތެދުވެ އަމިއްލަޔަށް ކަންތައްކޮށް އުޅެވޭވަރެއް ނުވެއެވެ. ފުއްލާގެ ރަޙުމަތްތެރި ޖަނަވާރުތައް، އެ ތަނުގައި ހެދިފައިއޮތް ހުރިހާ ވިނައެއްކައި ހުސްކޮށްލުމުން ބަލިވެ ހިރިނުލެވިފައި އޮތް ފުއްލާ ކާނެ ވަނައެއް އެތަނުގައި މިހާރު ނެތެވެ. ކާއެއްޗެއް ހޯދަން ތަންތަނަށް ދެވޭވަރަށްވުރެން ފުއްލާ ބައްޔެވެ. މިގޮތަށް ކަންތައް ދިމާވުމުން، ފުއްލާ ކާނެ އެއްޗެއް ނުލިބި އެތަނުގައި އޮވެ ބަނޑަށްމަރުވެއްޖެއެވެ.

ރަޙުމަތްތެރި ޖަނަވާރުތައް އެ ތަނަށް އައިސް، އެ ތަނުގައި ހެދިފައިހުރި ވިނަތައް އެއްކޮށްކައި ހުސްކޮށްނުލިނަމަ، ފުއްލާ ބަލި ފަސޭހަވަންދެން އެ ތަނުން ވިނަކައިގެން ދިރިދުނިޔޭގައި ހުރެވުނީހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close