ކުޑަކުދިންގެ ހަފްތާގެ އަރަތް
ކުޑަކުދިންގެ އަރަތް ( 01)
އަހަރެންނަކީ ކާކު؟
އަހަރެންނަކީ ތިޔަކުދިންނާއި ވަރަށް ފަސޭހައިން ބައްދަލުވާ މީހެކެވެ. އެކަމަކު ތިޔަކުދިންގެ ލޮލަކަށް އަހަރެން ނުފެންނާނެއެވެ. އެއީ އަހަރެންނަކީ ވަރަށް ކުޑަ މީހަކަށް ވީމައެވެ. ސާފުތާހިރުކަމަށް ސަމާލުކަން ނުދޭ ކޮންމެ ކުއްޖެއްގެ ގޭގަވެސް އަހަރެން އުޅޭނެއެވެ. އެހެންވީމާ ފާޚާނާކޮށްގެން ރަނގަޅަށް އަތް ނުދޮންނަ ނަމަ އަހަރެން އެމީހެއްގެ އަތުގައި ހުންނާނެއެވެ. އަހަރެން ދިރިއުޅެނީ ނުތާހިރު ތަންތަނުގައެވެ. ސައިބޯނި ލައިގެން ރަނގަޅަށް އަތްނުދޮވެ ކައިބޮއެ ހަދާނަމަ އަހަރެން ވަރަށް ފަސޭހައިން ތިޔަކުދިންގެ ހަށިގަނޑުގެ ތެރެއަށް ވަންނާނެއެވެ. އޭރުން ވަރަށް އަވަހަށް ތިޔަކުދިންނަށް ރޯގާ ޖެހި ބަލިވެދާނެއެވެ. އަހަރެންގެ ކިބައިން ސަމާލަށް ވެވޭނީ އަބަދުވެސް ސާފުތާހިރުވެގެން ތިބޭނަމައެވެ. އަހަރެންނަކީ ކާކު؟


އެއީ ވައިރަސް ނުވަތަ ޖަރާސީމެވެ.