ހަފްތާ އަރަތް 3
އަރަތް 1: ކޮންމެ ދުވަހެއްގެ ހެދުނާއި އެކު އަހަރެން ތިބާއާއި ބައްދަލު ކުރަމެވެ. އަދި ތިބާ ދާ ކޮންމެ ތާކަށް އަހަރެން ދަމެވެ. އެކަމަކު ބައެއްފަހަރު ތިބާ އަހަރެން އެކަނިކޮށްލައެވެ. ނަމަވެސް ދުރު ރާސްތާއަކަށް ތިބާ ދަތުރު ކުރާނަމަ ތިބާއަށް އަހަރެންގެ މުހިންމުކަން އިޙްސާސް ވަނީ އަހަރެން ތިބާއާއި ވަކިވެއްޖެ ނަމައެވެ. އަހަރެންނަކީ ކާކު؟
އަރަތް 2: އަހަރެންނަކީ ވަރަށް ބޭނުންތެރި މީހެކެވެ. އަހަރެންނާއި ނުލައި މިހާރު ދުނިޔޭގައި ދިރިއުޅުމަކީ ދަތިކަމެކެވެ. އަހަރެންނަކީ އަބަދުވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އެއްޗެކެވެ. އެއްޤައުމުން އަނެއް ޤައުމަށެވެ. އެއް ރަށުން އަނެއް ރަށަށެވެ. އެކަކު އަތުން އަނެކާގެ އަތަށްވެސް މެއެވެ. މިހާ ވަރަށް ދަތުރު ކުރާއިރު ދުވަހަކުވެސް އަހަރެން ފެނެއް ނުވަރަމެވެ. އަހަރެންނަކީ ކާކު؟
އަރަތް 3: އަހަރެންނަކީ ވަރަށް އާދަޔާ ޚިލާފު ދިރިމެއް ލިބިގެންވާ މީހެކެވެ. އަހަރެންގެ އަށްފައި ހުރެއެވެ. އަހަރެންނަކީ ނުލާހިކު ވިސްނުންތޫނު މީހެކެވެ. އެކި ޙާލަތްތަކާއި ގުޅިގެން އަހަރެންގެ ސިފަ ބަދަލުކުރުމުގެ ކުޅަދާނަކަށް އަހަރެންނަށް ލިބިގެންވެއެވެ. އަހަންނަކީ ކާކު؟
2 ވަނަ އަރަތުގެ ޖަވާބަކީ ފައިސާ