އަހަރެންނަކީ ކާކުކަން ބުނެބަލަ؟
ބައެއް މީހުން އަހަރެންގެ ބޭނުން ހިފައެވެ. އަނެއްބައި މީހުން ނުހިފައެވެ. ބައެއް މީހުން އަހަރެންގެ މަތިން ހާނދާންހުރެއެވެ. އަނެއްބައި މީހުން އަހަރެންގެ މަތިން ބައެއް ފަހަރު ހަނދާންނެތެއެވެ. އަހަރެންގެ ބޭނުން ހިފައިގެން ވަރަށް ގިނަ މީހުން ފައިދާ ހޯދައެވެ. އަހަރެންގެ ބޭނުންނުކުރާ ބަޔަކު މިހާރު ދުނިޔޭގައި މަދުވާނެއެވެ. އެހެނަސް އަހަރެންނަކީ ބިމުން ހޮވޭނެ އެއްޗެއް ނޫނެވެ. އަދި މޫދަށް އެއްލައިލެވޭނެ އެއްޗެއްވެސް ނޫނެވެ. އަހަރެން ހަމައެކަނި ހާސިލް ކުރެވޭނީ ކެތްތެރިކަމާއި ވަގުތާއި ޝަޢުޤުވެރިކަމުންނެވެ. އަހަރެންނަކީ ކާކުކަން ބުނެބަލަ؟
އާދެ ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.

މި އަރަތުގެ ޖަވާބަކީ “ވައި”
އަދި މަސައްކަތް ކޮށްލައްވާ!