އަހަރެންނަކީ ކާކުކަން ބުނެބަލަ؟ (12)
އަހަރެންނަކީ ކޮންމެ ދުވަހަކު ފެންނާނެ މީހެއް ނޫނެވެ. އަހަރެއްގެ ތެރޭގައި އަހަރެންނަށް ޚާއްޟަކުރެވިފައިވާ ދުވަސްތަކެއް ނުވަތަ މަސްތަކެއް ވެއެވެ. ނަމަވެސް ބައެއްފަހަރު އެ ދުވަސްތަކާއި މަސްތަކާއި ޙިލާފުވާ ފަހަރުވެސް މަދެއް ނުވާނެއެވެ. އަހަރެންގެ ރީތިކަމާއި ހިތްގައިމުކަން ބައެއްފަހަރު އެކިމީހުން އެކި ގޮތަށް ސިފަކޮށްދެއެވެ. އަހަރެންގެ ސަބަބުން ބައެއް މީހުން ކުރިން ރާވާފައިވާ ހިތްހަމަޖެހުމުގެ ދަތުރުތައް ފަސްކޮށްލަން ޖެހެއެވެ. އަހަރެން އައުމުގެ ކުރިން ބައެއް ފަހަރު އެކި ވަރުގެ އެކި ޒާތުގެ އިންޒާރުދެމެވެ. ބައެއްމީހުން އަހަރެންގެ ސަބަބުން ލިބޭ ހިތްހަމަ ޖެހުމުގެ ސަބަބުން އަހަރެންނަށް އިންތިޒާރުކުރެއެވެ. އަނެއްބައި ފަހަރަށް އަހަރެންދެކެ ފޫހިވާ ފަހަރުވެސް އާދެއެވެ. އަހަރެން ވަރަށް އަމާންކަމާއިއެކު އައިސް މަރުވެފައިވާ ތަންތަންނަށް ދިރުން ގެނެސްދެމެވެ. އަހަރެންނަކީ ކާކު؟
vaarey vihsaara moosun