އަރަތް

އަހަރެންނަކީ ކާކު ކަން ބުނެބަލަ؟ 13

އަހަރެންނަކީ އިންސާނުން ދުނިޔޭގައި ވަޒަންވެރި ފަހުން ދިރިއުޅެމުންދާ ނުރައްކާތެރި މީހެކެވެ. އަހަރެން ކިތަންމެ ނުރައްކާތެރިވެފައި ބިރުވެރިކަމަށް ފެނުނަސް އަހަރެން ކާމިޔާބުވެއްޖެ ހިނދަކު ވަކި ބަޔަކަށް އުފާވެރިކަމާއި ފައިދާ ލިބިގެންދެއެވެ. އެހެނަސް އަނެއްކޮޅުން އަހަރެންގެ ސަބަބުން ލިބޭ ގެއްލުން ފޫނުބެއްދޭ ހާބޮޑެެވެ. އަހަރެން މީސްތަކުންގެ ތެރޭގައި އެކި ސިފަސިފައިގައި އެކި ދުވަސްވަރު މަތިން އަންނަމެވެ. ބައެއް ފަހަރު ސިއްރުންނެވެ. އަނެއްބައި ފަހަރު އިންޒާރަކާއި އެކު ފާޅުގައެވެ. އަހަރެންގެ އަސަރު ނުފޯރާ ބިމެއް ދުނިޔޭގައި މިހާރު މަދުވާނެއެވެ. އަހަރެންނަކީ ބައެއް ފަހަރު ވަރުގަދަ ފަހުލަވާނެކެވެ. އަނެއްބައި ފަހަރު ބަލިކަށި މީހެކެވެ. އަހަރެންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވެސް އައިސްފާވެއެވެ. އަހަރެންނަކީ ކާކު ބުނެބަލަ؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close