ޚަބަރު

ބޮޑުފިނޮޅު މައްސަލަވެސް މަޖިލީހަށް ވައްދައިފި

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކުރި ހަޅުތާލު ހޫނުވެ ދިވެހިންތަކެއް ރަހީނުކުރި މައްސަލައިގައި ފުލުހުން ހަތިޔާރާއެކު އެރަށަށްއަރައި ރައހީނުކުރި ހުރިހާދިވެހިން ސަލާމަތްކޮށް 19 ބިދޭސީން ހައްޔަރުކުރުމަށްފަހު އެމަސައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ބަލަން ނިންމައިފިއެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރާއްޖެ.އެމްވީއަށް ދެއްވި އންޓަވިއުއެއްގައި ވިދާޅުވީ، އެ މައްސަލަ ތާވަލުކޮށްފައިވަނީ، ހޯމަ ދުވަހު ބާއްވަ ކޮމިޓީގެ ޖަލްސާގައި ކަމަށެވެ. އުޝާމް ވިދާޅުވީ، ކޮމިޓީން މައްސަލަ ބަލަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވާ ދިގުލައިގެން ގޮސްފައިވާ މައްސަލައަކަށް ވާތީވެ، ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ދަނީ އެކަމުގައި ހިމެނޭ އިދާރާތައް ހާޒިރުކޮށް މައުލޫމާތު ސާފުކުރަމުންނެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި، ބިދޭސީންތަކެއް ވަނީ ދިވެހިންތަކެއް ރަހީނު ކޮށްފައެވެ. އަދި އެ ރަށުގެ ވަރަށް ގިނަ ތަންތަނަކަށް ބިދޭސީން ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. ބުރާސްފަތި ދުވަހުގެރޭ ރަހީނުކުރި ދިވެހިން ސަލާމަތްކުރީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން އެ ރަށަށް އަރާއެވެ. ދިވެހިން ރަހީނުކުރުމުގައި ބައިވެރިވި 19 ވަރަކަށް ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close