ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލޭ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ރެހެންދި ސްކޫލުގެ ގްރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓު ބޯޑުގައި އަލިފާން ރޯވީ ކަމަށެވެ.
“ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އަލިފާން ނިއްވާލައިފި 07:19 ހާއިރު” އެމްއެންޑީއެފުން ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމަތު ލިބިގެން މިއަދު ފުލުހުން އެތަނަށް އެޓެންޑްވެފައިވާ ކަަމަށެވެ. އަދި އަލިފާން މިހާރު ނިއްވާލައިފައިވާ ކަމަށާއި، އެއްވެސް ކުއްޖަކަށްވެސް އަދި އެއްވެސް މީހަކަށްވެސް ގެއްލުމެއް މިހާދިސާގައި ނުވާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށެވެ.
