ޚަބަރު

ގައްދޫގައި މުއްދަތު ހަމަވެފައި ހުރި އައިވީއެއް ކުޑަކުއްޖަކަށްދިން ނަރުހުން ސަސްޕެންޑް ކޮށްފި

ގދ. ގައްދޫގައި މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދިން ހަތަރު ނަރުހުން ސަސްޕެންޑް ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ގައްދޫ ހެލްތް ސެންޓަރުން، މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދީފައިވާ މައްސަލައެއް ރިވިއު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި އިތުރު ތަހުގީގުތަށް ކުރުމަށްޓަކައި، މައްސަލައިގައި ޝާމިލުވާ ހަތަރު ސްޓާފުން ގޭގައި މަޑުކުރަން އަންގާފައި ވާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލައިގައި ޑރ. އަބްދުއްސަމަދު މެމޯރިއަށް ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ހިނގަމުންދާ ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ، ހަތަރު އަހަރުގެ ކުޑަކުއްކަޖަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދެވިފައިވާ ކަމަށް މީޑިޔާގައި ދައުރުވަމުންދާ ކަމަށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެ ކުއްޖާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އަމަލު ކޮށްފައި ވޭތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެއަށްފަހު ހޮސްޕިޓަލުގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close