ޚަބަރު

ފިހިގެން ފަރުވާ ދެމުން ދިޔަ ޢުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ވަރަށްބޮޑަށް ފިހިގެން އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ ޢުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފިހިފައި ވަނީ ގޭގެ ބަދިގޭގެ އުނދުނުން ގޭސް ލީކްވެފައި ހުއްޓައި އެތަނުގެ ބޮއްކެއް ޖަހަން އުޅުމުގެ ތެރޭގައި ޝޯޓްވެ، އަލިފާން ރޯވެ، ހިނގި ހާދިސާއެއްގައެވެ.

އެ ހާދިސާގައި އެމީހާގެ ހަށިގަނޑުގެ 90 ޕަސެންޓް ފިހިފައިވެއެވެ.

ގދ. ގައްދޫގައި ހިނިގި މި ހާދިސާގައި ނިޔާވީ އުމުރުން 75 އަހަރުގެ މީހެކެވެ. އޭނާ ނިޔާވީ ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. އެ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ސިއްހީ މަރުކަޒުގައެވެ.

އެ މީހާ ފަރުވާ ދެމުން އަންނަނިކޮށް ނިޔާވީ އޭނައާ މެދު ޑޮކްޓަރުން އުންމީދު ވެސް ކަނޑާލާފައި ވަނިކޮށްކަމަށް މައުލޫމާތު ލިބެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close