މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން 10:00 އާއި ހަމައަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭޅާށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިވަގުތު ތަކުގައި ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ ސަމާލުގެ މެސެޖުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިއްޔެ އިން ފެށިގެން އެއިދާރާއިން ހއ. އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ނެރެމުން އައި ހުދު ސަމާލުގެ ވަގުތުވެސް ވަނީ ފަތިހު 04:00 އިން ފެށިގެން ހެނދުނު 10:100 އާއި ހަމައަށް އިތުރުކޮށްފަ އެވެ،
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ހަފްތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.


