ޚަބަރު

ނުކުޅެދޭ ކުދިންނަށް ދޭ އެލަވަންސް މިހާރަށްވުރެ ބޮޑުވާންޖެހޭ – ނަޝީދު

ނުކުޅެދޭ ކުދިންނަށް ދެމުންދާ އެލަވަންސް މިހާރަށްވުރެ ބޮޑުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ރޭގެ ވަގުތެއްގައި ކުލަބު ހައުސް މެދުވެރިކޮށް ކުރިޔަށްދިޔަ ރައްޔިތުން މަޖިލީހުގެ “އާސްކްސްޕީކަރ” ޕްރޮގުރާމުގައި ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިހާރަށްވުރެ އެ އެލަވަންސް ބޮޑުވާންޖެހޭ ކަމަށާއި އެލަވަންސް މިހާރުވެސް ދެވެމުންދާތީވެ، އެފަދަ ޢާއިލާތަކަށް މިހާރުވެސް ވަރަށް ބޮޑަތި ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ތަކެތީގެ އަގު އުފުލިގެން ގޮސްފައިވާ މިފަދަ ދަނޑިވަޅެއްގައި އެފަދަ ކަމެއް ކުރުމީ މުހިންމުކަމެއް ކަމަށާއި އެހެނަސް މިފަދަ ދަނޑިވަޅެއްގައި ދަޢުލަތަށް ލިބޭ ޢާއްމުދަނީއަށްވެސް ބަލަންޖެހިފައިވާ ކަމަށާއި އެހެނަސް އެފަދަ އެލަވަންސްއެއް ބޮޑުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކިލައްވާކަމަށްވެސް ނަޝީދުގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close