ޚަބަރު

ތިމާވެށި ޙިމާޔަތްކުރުމާއި މީހުންހޭލުންތެރި ކުރުމުގައި ސަރުކާރު ދެމިއޮންނާނެ – ރައީސް

ތިމާވެށި ޙިމާޔަތްކުރުމާއި ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ޞާލިޙް އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ، އާ އާއްމު ޙާލަތަކަށް ދިއުމަށް ކުރާ މަސައްކަތުގައި ތިމާވެށްޓާއި، ތިމާވެށީގެ ދިރުންތައް ޙިމާޔަތްކުރުމަށްދޭ ސަމާލުކަން ކުޑަކޮށްގެން ނުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް އދ.ން ފާހަގަކުރާތާ 46 އަހަރުވެފައިވާއިރު މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ.ގެ ތިމާވެއްޓާބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، ޔުނެޕް އިން ކަނޑައަޅާފައިވަނީ “ޓައިމް ފޯ ނޭޗާ”އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެހެން އަހަރުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ މިންވަރަށް މިއަހަރު މިދުވަސް ފާހަގަނުކުރެވުނުނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީންވަނީ ގޭގައި ތިބެގެން ކުރިއަށްގެންދެވޭނެ ބައެއް ޙަރަކާތްތައް މިއަހަރު އިންތިޒާމުކޮށްފައެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close