އަމާޒު ބޯޓުން ދަތުރުކުރި ހޮޅުދޫ 12 ފަރާތެއްގެ ދެވަނަ ސާމްޕަލެއް ނަގަނީ
މިދިޔަ އެޕްރީލް މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު މާލެއިން ފުރައިގެން 91 މީހުންނާއެކު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި ށ.ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި ނ.ހޮޅުދޫ 12 މީހެއްގެ ދެވަނަ ސާމްޕަލެއް ނެގެމުގެ މސައްކަތް ކުރަމުންދާކަމަށް ހޮޅުދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.
އެ ބޯޓުން ދަތުރު ކުރި ހޮޅުދޫ 12 މީހެއްގެ ފުރަތަމަ ސާމްޕަލް ނައްސި ވެފައި ވީނަމަވެސް ދެވަނަ ޓެސްޓެއް ހެދުމަށް އެންގީ އެޗްޕީއޭއިންނެވެ.
އަމާޒު ބޯޓުގެ ކެޕްޓަން އުމުރުން 49 އަހަރު (ކޭސް133) ވަނީ ކޮވިޑް-19 އަށް ޕޮޒިޓްވެފައެވެ. އަދި އޭނައާއި ޑައިރެކްޓް ކޮންޓެކްޓްވި ބައެއް މީހުންވެސް ވަނީ ފައްސި ވެފައެވެ.
އެ ބޯޓް ދަތުރުކުރި ރަށްތަކުގެ ތެރޭގައި ހއ. ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވައް، ށ. މާއުގޫނދޫ، ނ. ވެލިދޫ، ހޮޅުދޫ، ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ އަދި ނ. ހެނބަދޫ ހިމެނެ އެވެ. އެ ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތުގަ އެވެ.

